ads
ބްރެޑް ޕިއްޒާ
ސީއެންއެމް ބަދިގެ: ބްރެޑް ޕިއްޒާ
ރޯދަމަހަށް ކިޔުންތެރިންނަށް މަރުހަބާ އެވެ. ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "ބްރެޑް ޕިއްޒާ" ތައްޔާރު ކުރާނެ ގޮތެވެ. ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާލަން ބްރެޑް ޕިއްޒާ ވަރަށް ރަނގަޅުވާނެ އެވެ.

ބްރެޑް ޕިއްޒާ އަށް ބޭނުންވާނެ ތަކެތި:

6 ފޮތި ޕާން

6 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

1 ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)

1/2 ދަޅު މަސް (ތެޔޮ، ފެން ފެލާފައި)

1/2 ޖޯޑު ބެލްޕެޕަރ (ކިއުބްކޮށް ކޮށާފައި)

1/2 ޖޯޑު ފިޔާ (ކިއުބްކޮށް ކޮށާފައި)

1 މިރުސް (ތުނިކޮށް ކޮށާފައި)

1 ސައި ސަމުސާ މުގުރި މިރުސް

1/3 ސައި ސަމުސާ އަސޭމިރުސް

1/2 ސައި ސަމުސާ އޮރިގާނޯ

ލޮނު (ރަހަ ލާ ވަރަށް)

1 ޖޯޑު ޗީޒް (ގާނާފައި)

6 މޭޒުމަތީ ސަމުސާ މާޖިރިން

ބްރެޑް ޕިއްޒާ ތައްޔާރުކުރާނެ ގޮތް:

ޓޮމާޓޯ، މަސްދަޅު، ބެލްޕެޕަރ، ފިޔާ، މިރުސް، މުގުރި މިރުސް، އަސޭމިރުސް، އޮރިގާނޯ، އަދި ލޮނު އެއްކޮށް މިކްސް ކޮށްލާށެވެ.

ޕާންފޮތި ތަކުގެ މަތީގައި ޕިއްޒާ ސޯސް ހާކާލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުން އެތިކޮޅެއް އަޅައި، ޕާންފޮތީގެ މަތީގައި ރީތިކޮށް އަތުރައިލާށެވެ. 

ތަވާ އުނދުން މައްޗަށް އުދާށެވެ. އޭގެ ތެރެއަށް މާޖިރީން ކޮޅެއް އެޅުމަށްފަހު، މާޖިރީންކޮޅު ވިރުމުން، ތައްޔާރުކުރި ޕާންފޮތި އޭގެ މައްޗަށް ލާށެވެ. އެއަށްފަހު، މަތި ޖަހާލާފައި ޗީޒްތައް ވިރެންދެން އުނދުން މަތީގައި ބަހައްޓާށެވެ.

ޕާންތައް ފިހާއިރު، އުނދުނުގެ ގިނި ބަހައްޓަން ވާނީ ވަރަށް މަޑުކޮށްފަ އެވެ. އެގޮތުން ޕްރީ ހީޓް ކުރި އަވަނުގައި 200 ޑިގުރީ ގައި 20 މިނިޓް ވަންދެން ފިހެލާށެވެ. އެއަށްފަހު އަވަނަށްލައި ފިހުމުން، ބްރެޑް ޕިއްޒާ ތައްޔާރުކޮށް ނިމުނީ އެވެ.

ރޯދަ ވީއްލާ ވަގުތަށް އަދި ތަރާވީސް ދަމަށް ވެސް އަޖުމަ ބަލާލަން ރަނގަޅުވާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް