ads
ޝެއިހް ފަޒްލޫން އާއި ޝެއިހް ނިޝާން...
ފަޒްލޫނާއި ނިޝާނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދީފި
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއްތެރޭ ގައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތާ ގުޅިގެން ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ހިފަހައްޓާފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދީފިއެވެ.

މި ބޭފުޅުންނަށް އަލުން ހުއްދަ ދިންނަމަވެސް، ޔޯގާ ހަމަނުޖެހުމާ ގުޅިގެން އުފުލި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާގެ ޝަރީއަތް އަދި ނުނިމެއެވެ.

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދިނުމާ ގުޅިގެން ފޭސްބުކްގައި ނިޝާން ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީ ސަރުކާރުން ހިފެހެއްޓި އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދެއްވާފައިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭރު މިނިސްޓްރީން ވަނީ ދީނީ ތަގުރީރުކުރުމުގެ ހުއްދައިގެ އިތުރުން  ދީނީ އިރުޝާދު ދިނުންވެސް އެ ބޭފުންނަށް މަނާކޮށްފައެވެ.

އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން އޭރު ނެރެފައިވާ ބަޔާނުގައި ބުނީ ނިޝާނާއި ފަޒްލޫނަށް ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓީ ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުއްދަލަށް ގެއްލުންދީ ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެންޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް އެއްވެ ތިބި މީހުންނަށް ދައުވަތުދީ އެ އެއްވުމުގައި އިސްކޮށް އުޅުމުގެ ތުހުމަތުގައެވެ.

އެކަމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުކަމެއް އަމަލެއް ކަމަށް ވެސް އޭރު ނެރުނު ބަޔާނުގައިވެ އެވެ.

ޖޫން 2021 ގައި ހިންގި ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ފަޒްލޫނާއި ނިޝާން ހިމެނެ އެވެ. އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ފަޒުލޫނާއި ނިޝާން ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި 18 މީހަކަށް ދައުވާކުރި އިރު ނިޝާނާއި ފަޒްލޫން ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް