ads
ޖަލްސާގެ ތެރެއިން
ރައީސް ޔާމީން ކެމްޕޭނުގައި ބައިވެރިވި މައްސަލަ ބަލަނީ: ކަރެކްޝަނަލް
ރައީސް ޔާމީން ކެމްޕޭނުގައި ބައިވެރިވި މައްސަލަ ބަލަނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ ސަޕޯޓަރުންނާއި ސަލާމްކޮށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ތާއީދު ކޮށް ނެރޭ ކެންޑިޑޭޓް ކެމްޕޭނު ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.  

މިކަމާއި ގުޅިގެން ސީއެންއެމްއިން ކަރެކްޝަންސް އަށް ގުޅާލުމުން އެ އިދާރާއިން ބުނީ މިވަގުތު އެކަމާއި ބެހޭ ގޮތުން ހަމަ އެކަނި ބުނެވެން އޮތީ އެމައްސަލަ ބަލަމުން އަންނަ ކަމަށް ކަމަށް ކަމަށެވެ. އެ ކަމާއި ގުޅިގެން އިތުރު ބަހެއް މިވަގުތު ބުނެވެން ނެތް ކަމަށެވެ.

ޕީއެންއެފް މިހާތަނަށް ރެޖިސްޓްރީ ކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ ތާއިދާއެކު މަޖިލީހުގެ އިންތިހާބަށް ގިނަ ކެންޑިޑޭޓުންތަކެއް ނެރެ އެވެ. 

އޭގެ ތެރެއިން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފްގެ ކެމްޕޭން ޖަގަހަ ރޭގައި ރަސްމީކޮށް ހުޅުވާފަ އެވެ.  

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެ ހުކުމް ދަނީ ތަންފީޒުކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ އާއެކު މުއިއްޒުގެ އެދިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ ޖަލު ހުކުމް، ގޭ ބަންދަށް ލުއިކޮށްދެއްވާފަ އެވެ. 

އެފަހުން ކަރެކްޝަންސްއިން ވަނީ ސިއްހީ ކަންކަމާއި ކަސްރަތު ކުރުމުގެ އިތުރުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވޭ ގޮތަށް ރައީސް ޔާމިންގެ ބަންދަށް ލުއިތަކެއް ދީފަ އެވެ. 

ނަމަވެސް ރަށު ބަންދުގައި ހުރެގެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް