ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބޭނުންވަނީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން: ރައީސް
ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ ވެސް މުސާރަ ބޮޑުކޮށްދޭން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މ. ނާލާފުށި، މަތަރެސްމާގޭ މޫސާ ސޯބިރު ކުރި ސުވާލަކަށް "ރައީސްގެ ޖަވާބު"ގެ ތެރެއިން ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭ ގޮތުން، ކައުންސިލެއްގައި ވަޒީފާ އަދާކުރާ ސޯބިރު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ. 

ރައީީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިިހުން ގާނޫނު ފާސްކޮށްފައި އޮތީ ކައުންސިލްތައް ދަށް ފަންތިއެއްގައި ކެޓަގަރައިޒްކޮށްފައި ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ މުސާރަ ފިނޭންސް މިނިސްޓްރީއަށް ބޮޑުކޮށްދެވޭން ނޯންނަ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ނަމަވެސް އިގްތިސޯދު ހަރުދަނާ ކުރެވޭ މިންވަރަކުން ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދޭން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން، އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

ރައީީސް ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައަށް ހައްލެއް ގެނެވޭނީ މަޖިލިހުގެ ތެރެއިން މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ކައުންސިލްތަކުގެ ހިންގުމަށާއި މުސާރައަށް ބަދަލުތަކެއް ގެންނަ ވާހަކަ ރައީސް ތަކުރާރުކޮށް ދައްކަވައެވެ. އެގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުމުވުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ވެސް ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް