އިންޝާﷲ، ނަތީޖާ އަނބުރާލާނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްުގެ ދެވަނަ ލެގުގައި މިރޭ އަލްއައިންއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުންނެވެ.
ސޯޝަލް މީޑިއާގައި އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާގެ ރެކޯޑް އޮންނަ ރޮނާލްޑޯ އޭނާގެ ރަސްމީ އެކައުންޓްތަކުން ކުރި މި ޕޯސްޓަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބުނެވެ.
އޭއެފްސީ ޗެމްޕިންސް ލީގުގެ ކުއާޓާ ފައިނަލްގައި އަލްއައިންއާ ދެކޮޅަށް މިރޭ ރޮނާލްޑޯގެ އަލްނަސްރު ނުކުންނައިރު، ފުރަތަމަ ލެގުން އެ ޓީމުވަނީ އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިޔުމަށް މި މެޗުން މޮޅުވުން ކޮންމެހެންވެސް އަލް ނަސްރަށް މަޖުބޫރެވެ.
މެޗު ފެށޭނީ މިރޭ 12 ޖަހާއިރުއެވެ.