ads
ބަންގްލަދޭޝް ކޯޗު
ފްރެންޑްލީ މެޗެއްގައި ބަންގްލަދޭޝްއާ ސޫދާން އެއްވަރު
ވޯލްޑްކަޕް ކޮލިފައިންގ މެޗަށް ތައްޔާރުވާން ކުޅުނު ފްރެންޑްލީ މެޗެއްގައި ބަންގްލަދޭޝްއާ ސޫދާން އެއްވަރުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ތާއިފްގައި އާދީއްތަ ރޭ ކުޅުނު ޕްރެކްޓިސް މެޗުގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމު ވަނީ ރޭންކިންގެ މަތީގައިވާ ސޫދާނާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ. 

މިއީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ތެރެއިން ކުޅެން ނިންމާފައިވާ މެޗުތަކުގެ ތެރެއިން މެޗެކެވެ.

މި މެޗަށް ފަހު ބަންގްލަދޭޝް ފުޓްބޯޅަ ޓީމުގެ ކޯޗު ކަބްރޭރާ ބުނެފައި ވަނީ ފްރެންޑްލީ މެޗުގެ ނަތީޖާ މާ މުހިއްމު ނޫން ކަމަށެވެ. ބަންގްލަދޭޝްއިން ބުރާސްފަތި ދުވަހު ސޫދާނާ ދެކޮޅަށް އިތުރު ޕްރެކްޓިސް މެޗެއް ކުޅޭނެއެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިން ގްރޫޕް ސްޓޭޖް މެޗެއް ކުޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް