ads
އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް
ކިޔަވާ ނަމާދުތަކުގައި މިސްކިތުން ބޭރަށް އަޑުނީވުން ރަނގަޅީ: ޝަހީމް
ނަމާދުތަކުގައި މިސްކިތުން ބޭރަށް އަޑު ނީވީ، ކުރުން ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ޝަހީމް މިހެން ވިދާޅުވީ ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް އެކްސްގައި ޝަކުވާގެ ގޮތުގައި ކުރެއްވި ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ. 

" މިގޭދޮށު ގޭގޭގެ މީހުނަށް ޢިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީޙް ނަމާދުކޮށް ނިމުނީމައެވެ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ޙާލެވެ. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅެވެ." ޝަހީމް ޓެގްކޮށް އިބްރާ ކުރި ޕޯސްޓްގައިވެއެވެ.

މި ޕޯސްޓަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީހު ނަމާދާއި ދަމު ނަމާދުގައި ރަނގަޅި ނަމާދުގެ އަޑު މިސްކިތުން ބޭރަށް ނީވި މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުންކަމަށެވެ. 

" ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ." ޝަހީމްގެ ޕޯސްޓްގައިވެއެވެ.

މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވުނަސް ބަންގިއާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

ތާޅަފިލިން ބޭރަށް އަޑުދީގެން ނަމާދުކުރުމަކީ ދީނާ ޚިލާފްކަމެއްކަމަށާއި މިނިސްޓްރީއިން އެކަން ހުއްޓުވެންވާނެކަމަށް ބުނެ އިބްރާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުން ޝަހީމް ވިދާޅުވީ ކަންކަން ރަނގަޅުކުރުމަށް މިދަނީ މަސައްކަތް ކުރަމުންކަމަށާއި ހެޔޮ ނަތީޖާ ފެންނާނެކަމަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް