ads
ކުރީގެ ވެޓެރަންސް މުބާރާތެއްގެ ތެރެއިން
ވިކްޓްރީ، ވެލެންސިޔާ ނިއުރޭޑިއަންޓް ނެތި ވެޓަރަންސް ފަށަނީ
ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 10 ޓީމާއެކު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެންމެ ފަހުގެ ވެޓެރަންސް މުބާރާތުގެ ޗެމްޕިއަނުންނަކީ ހުޅުމާލޭ ވެޓެރަންސް ކްލަބެވެ. އެ ޓީމުން، މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ 5-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

މި ފަހަރުގެ މުބާރާތުގައި، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ވަރުގަދައަށް ފަވާލެވިފައިވާ ވިކްޓްރީ، ނިއުރޭޑިއަންޓް އަދި ވެލެންސިޔާވެސް ބައިވެރި ނުވެއެވެ. މީގެ ތެރެއިން ވެލެންސިޔާ އަދި ނިއުރޭޑިއަންޓަކީ އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކުރި ދެ ޓީމެވެ. 

ކުރިން އާއްމުކޮށް މާފަންނު ޓާފު ދަނޑުގައި ކުޅޭ މި މުބާރާތް މި ފަހަރު އޮންނާނީ ހެންވޭރު ދަނޑުގައެވެ. ހެންވޭރު ދަނޑުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވެޓެރަންސް ލީގުގައި ވާދަކުރާ 10 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެއީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ކޮލިފައިވާ ގޮތަށެވެ.

ގްރޫޕް އޭ

ހުޅުމާލެ ވެޓެރަންސް ކްލަބް

ވިލިމާލެ ޔުނައިޓެޑް

ޕޮލިސް ކްލަބް

ހުއްރިއްޔާ (ހުރާ)

ދިވެހި ސިފައިންގެ ކްލަބް

ގްރޫޕް ބީ

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް

އެމްއެސް މޭޓްސް

މުއިވެޔޮ

ލެގޫންސް ސްޕޯޓްސް ކްލަބް

ކްލަބް ސްޓެލްކޯ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް