ads
ފާރޮށި ބޯކިބާ
ސީއެންއެމް ބަދިގެ: ފާރޮށި ބޯކިބާ
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "ފާރޮށި ބޯކިބާ" ތައްޔާރު ކުރާނެ ގޮތުގެ ފަސޭހަ ރެސިޕީ އެވެ. ރޯދާ ވީއްލާ ވަގުތަށް ނުވަތަ ތަރާވީސް ދަމަށް ވެސް މިއީ ކަމުދާނެ އެއްޗެކެވެ.

ފާރޮށި ބޯކިބާ އަށް ބޭނުންވާނެ ތަކެތި:

 2 ޖޯޑު ފާރޮށި ކުނޑި

 2 ބިސް

 1 ސައި ސަމުސާ ވެނީލާ އެސެންސް

 1 ސައި ސަމުސާ ރޯސް އެސެންސް

 3 ޖޯޑު ކާށި ކިރު  

 6 މޭޒުމަތީ ސަމުސާ ހަކުރު

ހަކުރާއި ކުކުޅުބިސް އެއްކޮށްފައި ކާށިކިރު އަޅައިގެން ގިރާލާށެވެ. ހަކުރުކޮޅު ވިރުނީމައި ފާރޮށިކުނޑި އެއްކުރުމަށް ފަހު ވެނީލާ އެސެންސާއި ރޯސް އެސެންސް އަޅައިފައި (ތަބަކުގައި ތެޔޮފޮދެއް ހާކައިލައިފައި) ތަބަކަށް އަޅައިލައިފައި ފިހާނީ އެވެ. 

ބޯކިބާ ފިހަން ލުމުގެ ކުރިން 250 ޑިގުރީގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލަންވާނެ އެވެ. މި ބޯކިބާ ފިހެވޭނީ 200 ޑިގުރީ ގައި 50 މިނެޓުންނެވެ. 

އެކީ ހިހޫވުމުން ފްރިޖް ތެރޭގައި ބަހައްޓާލާށެވެ. ބޭނުންވާނަމަ އަޖުމަ ބަލާލަން ފިިނިނުކޮށް ވެސް ކެވިދާނެ އެވެ.

ގޭސް އުނދުނުން ވެސް ބައެއް މީހުން މި ފާރޮށި ބޯކިބާ ފިހެއުޅެއެވެ. އެ ގޮތަށް ފިހޭއިރު އާދައިގެ ބޯކިބާ ފިހޭގޮތަށް (ބޯކިބާ ފިހޭ ތަވައިގައި، މަތިޖަހައިގެން) އެއް ފުށް ފިހެވުމުން ފުށުންޖަހައިފައި އަނެއް ފުށް ފިހާނީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް