ads
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
މެމްބަރުންގެ އަދަދު ގުނާ މާއްދާ އުވާލަން ހުށައަަޅައިފި
ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާގޮތް ބަޔާންކުރާ ގަވައިދުގެ މާއްދާތައް އުވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށައަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ މެމްބަރުންގެ ޖުމްލެ އަދަދަކީ 87 ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވުމުން އެމްޑީޕީ މެމްބަރުންވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. 

މަޖިލީހުގެ މެމްބަރުން ގުނާއިރު އިސްތިފާދީ ހުސްވެފައިވާ ގޮނޑިތައް ނުގުނާ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފުކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވަނީ އެ މާއްދާ އުވާލުމަށް ހުށައަޅުއްވާފައެވެ، 

އުވާލަން ހުށަހެޅި މާއްދާގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބެއް ބާއްވަން 6 މަހަށްވެފައި އޮއްވާ ބައި އިލެކްޝަންސް ނުބޭއްވޭ ހާލަތުގައި އެ މަޖލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ މެމްބަރުންގެ ޖުމްލަ އަދަދު ގުނާނީ ހުސްގޮނޑިތައް ނުހިމަނާކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އަމަލު ނުކުރެވޭ މާއްދާއެއް އޮވެގެން ނުވާނެކަމަށާއި މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ އެއަށް ގޮތެއް ނިންމާފައިކަމަށެވެ. 

"މަޖިލީހުގެ އެއްވެސް މަސައްކަތެއް އަޅުގަނޑަށް ކުރިއަށް ގެންދެވޭނީ ގޮތެއް ނިންމާފައި. މަޖިލީހުގެ ގަވާއިދުގައި އަމަލު ނުކުރެވޭ ގޮތަށް މާއްދާއެއް ނޯންނާނެ. އެ މާއްދާ އުނިވާން އެބަޖެހޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދަޅުވީ ސުޕްރީމްކޯޓުގެ ނިންމުމާއި އެކު މަޖިލީހުގައި އެއްވެސް ވޯޓެއް ނެގޭނީ އެ މާއްދާއާ މެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. 

އަސްލަމްގެ މި ނިންމުމާއި އެކު މަޖިލީހުގައި ހިމެނޭ އެމްޑީ ބައެއް މެމްބަރުންވަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކާވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް