ads
އިސްރަށްވެހިން - ފޮޓޯ: ޕީއެސްއެމް
އިސްރަށްވެހިންގެ މަރުކަޒުތައް 20 ރަށެއްގައި އެޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފި
އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 5 އަތޮޅަކުން 20 ރަށެއްގައި އެފަދަ މަރުކަޒުތައް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިސްރަށްވެހިންގެ ދައުރު މުޖުތަމައުގައި ފުޅާކުރުމުގެ ގޮތުން ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒު އަޅާފައިވަނީ މާލޭގައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އިސްރަށްވެހިންނަށް ހާއްސަކޮށްގެން އެފަދަ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަކަމަށާއި އަތޮޅުތެރޭގައި އިސްރަށްވެހިންގެ މަރުކަޒު ތަރައްގީކުރާއިރު އިސްކަން ދޭނީ ރަށެއްގައި އެކަން ކުރުމަށް ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށްފަހުކަމަށް ސޯސަލް އެންޑް ފެމިލީ މިނިސްޓްރީގެ ކުއަލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ޑިރެކްޓާ އައިޝަތު ނާޒް ވިދާޅުވި އެވެ. 

އެގޮތުން މިހާތަނަށް 5 އަތޮޅަކުން 20 ރަށެއްގައި އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި ރަށްރަށުގައި މިފަދަ މަރުކަޒުތައް ތަރައްޤީކުރާނީ ކައުންސިލްތަކާ އެހެނިހެން ފަރާތްތައް މެދުވެރިކޮށްކަމަށް ނާޒް ވިދާޅުވި އެވެ. 

އަދި މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު، އިސްރަށްވެހިންނަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެއްތޯ ކަށަވަރު ކުރުމަށް 7 އަސާސެއް އެކުލަވާލާފައިވާކަމަށް ނާޒް ވިދާޅުވި އެވެ.

ނާޒް ވިދާޅުވީ އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްގީކުރާނީ އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން ވަދެނިކުމެވޭގޮތަށާއި ފަސޭހައިން ހިދުމަތްތައްވެސް ލިބޭނެ ގޮތަށްކަމަށެވެ.

އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ތަފާތު ހިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުން މުޖުތަމައުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްހީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖައްސާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް