ads
މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް
މަގުމަތީގައި ކުނި ބެހެއްޓި 100 މީހަކު ޖޫރިމަނާކޮށްފި
މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ ބެހެއްޓުމުގެ ސަބަބުން މިހާތަނަށް 100 މީހުން ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ބުނީ ކުނި އެޅުން މަނާ ސަރަޙައްދުތަކަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން މިހާތަނަށް 100 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާކޮށްފައިވަނީ ކޮންމެ މިީހަކު 500ރ. އިން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ރޯދައާއި ދިމާކޮށް ގޭގެ ސާފުކޮށް މާލޭގެ މަގު މައްޗަށް ކުނި ނެރެފައިވާއިރު، މަގުތަކުގައި ކުނި ގިނަވުމުން އެކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި މިހާރު ގިނަވެފައިވާ ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. 

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 17 ޕިކަޕެއްގައި 350 ކިލޯގެ ކުނި ނަގާފައެވެ. އަދި 11 ޕިކަޕެއްގައި 1.5 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އަދި މަގުތަކަށް ކުނި ދޫކޮށްލުމުގެ ބަދަލުގައި ގޭބިސީތަކުން އުކާލާ ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމަށް ވެމްކޯއިން ދޭ ކެޕްސް ހިދުމަތް ހޯދުމަށް ސިޓީކައުންސިލުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް