ads
އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
މި ސަރުކާރުން ވައުދު ފުއްދިތަނެއް ނުފެނޭ: އެމްޑީޕީ
މި ސަރުކާރުން ވައުދު ފުއްދިތަނެއް ނުފެންނަ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މި ސަރުކާރުން ވީ ވައުދުގެ ތެރެއިން 155 ވައުދު ފުއްދިފައިވާ ކަމަށް މިއަދު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ރަށްރަށް އަދި މާލެ އަށްވެސް އެއިން އެއްވެސް ވައުދެއް ފުއްދިފައިވާ ތަނެއް ނުފެންނަ ކަމަށެވެ. 

މި ސަރުކާރުން ކުރީ އެން،މެ ކަމެއް ކަމަށާއި އެއީ ރައީސް ސޯލިހުގެ އޯގާތެރިވެރިކަމުގައި އެތަށް ރަށްތަކެއްގައި ފަށާފައި ހުރި މަސްރޫއު ތަކެއް ހުއްޓުމަކަށް ގެނެއުން ކަމަށް އީސަ ވިދާޅުވި އެވެ. 

"އަޅުގަނޑު މިއައީ ރާއްޖެ ތެރޭގެ އެތަށް ރަށަކަށް ގޮސް އެރަށްތަކުގައި ޑޯޓުޑޯ ޖައްސާފަ އެތަށް ރައްޔިތުންނަކާއި ވާހަކަ ދައްކާފައި މިއިން އެއްވެސް ރަށެއްގައި ސަރުކާރުން ފުއްދާފަ އިން އެއްވެސް ވައުދެއް އަޅުގަނޑަށް ފެންނާކަށްވެސް ނެތް" އީސަ ވިދާޅުވި އެވެ.

ނ.އަތޮޅުގައި މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ވައުދެއްފުއްދި ކަމަށް އެއް ގޮތަކަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އީސަ ވިދާޅުވި އެވެ. 

ކަމެއް ކުރަން ސަރުކާރުން އަދި ކެބިނެޓުން ނިންމުމަކީ ވައުދެއް ފުއްދުމެއް ނޫން ކަމަށާއި ވަައުދެއް ފުއްދުމަކީ އެކަން ކުރަން ފެށުންކަމަށް އީސަ ވިދާޅުވި އެވެ. 

އީސަ ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 59 ޕަސެންޓް ރަށްތަކަށް ކުރެވުނު ދަތުރު ތަކުން ހާމަވެގެން ދިޔައީ ރައްޔިތުން މި ސަރުކާރުގެ ދޮގުތަކުގެ މަތިން ފޫހިވެ ސަރުކާރު ގެނެވުނީތީ ދެރަވެފައިވާ މަންޒަރެވެ. 

މި ސަރުކާރުން ފުއްދި ވައުދު ލިސްޓުގައި އޮތީ މަގެއްގެ ފުޅާ މިނާއި ދިގުމިން އެޅި ވާހަކަ ކަމަށާއި އެއީ ވައުދު ފުއްދުން ނޫން ކަމަށް ވިދާޅުވި އެވެ.

އީސަ ވަނީ ސަރުކާރުން މަކަރުވެރިކަމާއި ދޮގު ހެދުން ހުއްޓާލުމަށާއި ރައްޔިތުންނަކީ އެހާ ތަންދޮރު ނުދަންނަ ބައެއް ކަމަށް ދެކޭ ދެކުން އެއީ ބޮޑު ގޯހެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށާއި ސަރުކާރު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް