މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަން ފެއާގެ ދަށުން އެ އެއާލައިނުން ދަތުރުކުރާ ޑޮމެސްޓިކް 8 އެއާޕޯޓަކަށް ހާއްސަ ފެއާތަކެއް ތައާރަފް ކޮށްފައި ވާކަމަށެވެ.
މި ފެއާގެ ދަށުން އެކުންފުނީގެ ޓިކެޓިން އޮފީސްތަކާއި ވެބްސައިޓު މެދުވެރިކޮށްވެސް ޓިކެޓް ބުކްކޮށްލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.
މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ދަތުރު ކުރެވޭ ޑޮމެސްޓިކް 8 އެއާޕޯޓަކީ:
މޯލްޑިވިއަނުން އަންނަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ސޮއިކޮށްފައި ވެއެވެ.
މޯލްޑިވިއަންއިން އަންނަނީ ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރު ފަށަން ތައްޔާރުވަމުންނެވެ.