ads
އަލީ ނިޒާރު ސީއެން އެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަނީ ސީއެންއެމް ފައިލް ފޕޓޯ
އައްޑޫ ކަރަންޓް މައްސަލަ، ފެނަކަ ބޮލުގައި އަޅުވައިގެން ނުތިބެވޭނެ: މޭޔަރ
އައްޑޫ ސިޓީން ކަރަންޓްގެ ހިދުމަތް ކެނޑިފައި އޮތް އޮތުން ފެނަކައާ އަޅުވާ ނުތިބެވޭނެކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
Advertisement

އައްޑޫގެ ކަރަންޓް ހާލަރު ގޯސްވެ ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ކަރަންޓްގެ އަންނަނީ ކަނޑަމުންނެވެ. 

މިކަމާއި ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ކަރަންޓާއި ، ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ ، މަރާމާތާއި ، އަޕްގުރޭޑިންއަށް ބޭނުންވެފައިކަމަށެވެ. ފެނުގެ ރިޒާވެއް ނެތް އިރު ކަރަންޓް ލިބުންވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. 

"ރަށުތެރެއަށް ނަޖިސް ބޭރުވަމުން އެބަދޭ. 2 ގަޑި އިރަށް ބޭނުންކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވްއެއްނެތް. ކަރަންޓް ދިނުން މިހާރުވެސް ވަނީ ހުއްޓުމަކަށް އައިސްފައި. މި ޚިދުމަތް ތަކަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް." މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓްގެ ހިދުމަތް ފެނަަކައާއި އަޅުވާ ދޫކުރެވިގެން ނުވާނެކަމަށެވެ. އަދި އެއީ ވިޔަފާރި އުސޫލުން ދޭންޖެހޭ ކަމެއް ނޫންކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވީ މިކަމަށް ހައްލެއް ނުލިބިއްޖެނަމަ އައްޑޫ ރައްޔިތުން ބޮޑު ކާރިސާއެއްގެ ދިގު މުއްދަތަކަށް ތިބެންޖެހުމުގެ ބިރުވެރިކަން އެބައޮތްކަމަށެވެ.

"މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާ ގެ ހާލަތުގައި ދިގުމުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތް." މޭޔަރު ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ކަރަންޓް ދެމުން އަންނަ ފެނަކައިން ބުނީ އެ ސިޓީން ކަރަންޓް ކަނޑަމުން އަންނަނީ ސެންޓްރަލް  ޕަވަރ  ޕްލާންޓްގެ  1 މެގަވޮޓްގެ ޖަނެރޭޓަރަކަށް ދިމާވި  މައްސަލަ އަކާއި  ގުޅިގެންކަމަށެވެ. މި ޖަނެރޭޓަރުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން 2 މެގަވޮޓްގެ ޖަނަރޭޓަރެއްގެ މަރާމަތުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް ފެނަކައިން ބުނެއެވެ. 

"ތާވަލު ކުރެވިގެން ލޯޑު މަތިވާ ގަޑިތަކުގައި ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ވާހަކަ ދަންނަވަން. މި ކަމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަެއް މާއްފަށް އެދެން." ފެނަަކައިން ބުނެއެވެ.

މިދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ފެނަކައިން ކަރަންޓް ދެމުން އަންނަ ބައެއް ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އެގޮތުން ފުވައްމުލަކު ކަރަންޓްދޭ ޓްރާންސްފޯމަރެއް ފަޅައިގެން ގޮސް އެރަށަށް ދިމާވީ ކަރަންޓްގެ މައްސަލަ ހައްލުކުރީ ކޮންމެ ދުވަހަކު ކަރަންޓް ކަނޑާތާ މަސްދުވަސްފަހުން ރައްޔިތުން މުޒާހަރާއަށް ނުކުތުމުންނެވެ. އަދި ދާދި ފަހުން ނައިފަރާއި ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަތައް ފެނަކައިން ހައްލުކޮށްފައިވަނީ ދުވަސްތަކެއް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް