ads
މެމްބަރު އީސަ
ބޮޑު އަގުގައި ޑްރޯން ގަތުމަކީ ސަރުކާރުން ހިންގި ޖަރީމާއެއް: އީސަ
ބޮޑު އަގުގައި ޑްރޯން ގަތުމަކީ ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރައްހަދު ބެލެހެއްޓުމަށް ސަރުކާރުން "ބޮޑު އަގުގައި" ގަތް އަސްކަރީ ޑްރޯންތަކަކީ، އަވަސް އަރުވާލައިގެން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގެވި ޖަރީމާ އެއްކަމަށް އޭނާ ވިދާޅުވި އެވެ.

އީސަ ވިދަޅުވި ގޮތުގައި ބަޖެޓު ނުކުރައްވާ ކަމެއް ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ ރައްޔިތުންނާއި ހާއްސަކޮށް މަސްވެރިން ވެސް ބޭނުންވާނެ ކަމެއް ކަމަށާއި އެކަން ކުރުމަށް ޑްރޯންގެ އެހީ ހޯދަން އެމްޑީޕީ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި ކަމަށް އީސަ ވިދާޅުވި އެވެ. 

"އެމްޑީޕީ ސަރުކާރުގައި ޑްރޯން ބޭނުން ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އެކަމާ ގުޅޭ ދިރާސާތަކެއް ހެދިން އޭގެ ތެރޭގައި ޑްރޯން ބޭނުންކުރާނެ ސަރަހައްދުތަކާއި ބޭނުންވާ ޑްރޯންގެ އަދަދުތައް ވެސް ސާފު ކޮށްފައިިވަނީ ރަހުމަތްތެރި ގައުމަކުން ރާއްޖެއަށް ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ދެ ގައުމުގެ ކަމާ ގުޅުންހުރި އިސް ފަރާތްތަކުން މަޝްވަރާ ކުރަމުންދަނިކޮށް ސަރުކާރު ބަދަލުވީ" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވިގޮތުގައި، އޭރު ހެދި ދިރާސާތަކުގައި، ދުނިޔޭގެ ބާޒާރުގައި އެފަދަ ޑްރޯން ވިއްކަން ހުރި އަގުތައް ވެސް އެމްޑީޕީ ސަރުކާރުން ބެލި ކަމަށާއި އެ ހިސާބަށް އެކަން ގެންގޮސްފައި ވަނިކޮށް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ތުރުކީއަށް ވަޑައިގެން އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް