ads
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އައިޔޫއެމް
ސިވިލް ސާވިސްގެ މުސާރަ ކަނޑައަޅަނީ މަޖިލީހަކުން ނޫން: އަމީރު
ސިވިލް ސާވިސްގެ މުސާރަ ކަނޑައަޅަނީ މަޖިލިހަކުން ނޫން ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައިވާ ގޮތުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށާއި ސިވިލް ސަވިސްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ކޮމިޝަން އިން ކަމަށެވެ. 

ޕޭ ކޮމިޝަން އިން ވާނީ ޕޭ މެޓްރިކްސް ހަދައި ފްރޭމްވޯކް ހަދާފައި ކަމަށާއި އެއީ އެގޮތަކަށް ވެސް މަޖިލީހުން ކުރާ ކަމެއް ނޫން ކަމަށެވެ، 

ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކޮށްފައި ވަނީ ސިވިލް ސާވިސްގެ މުސާރަ ވެސް ބޮޑުކުރާ ގޮތަށް ކަމަށެވެ.

ޕޭ ކޮމިޝަނުން މުއައްސަސާތައް ގިންތި ކޮށްފައި ވަނީ މަގާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. \

"ރައީސްގެ ޖަވާބު"ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވި ގޮތުގައި، ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތެވެ. ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަ މިންވަރަކުން މުސާރަތައް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް