
ކައިލީ ކަރަންޓީން ދުވަސްކޮޅަށް ވިގްތައް ބޭނުން ކުރުން ހުއްޓާލައިފި
ފާތިމަތް އުދުމާ މަހުމޫދު
01 އޭޕްރީލް 2020 - 08:18:58
ކޮވިޑް-19 ގެ ސަބަބުން ގޭގައި ހުންނަން ޖެހުމުން މި ދުވަސްކޮޅު ވިގް ބޭނުން ކުރުން ކައިލީ ހުއްޓާލައިފިއެވެ.
އިންސްޓަގްރާމްގައި ކައިލީ ޕޯސްޓް ކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުން އޭނާ ވަނީ އާންމު ގޮތެއްގައި އޭނާ ބޭނުން ކުރާ ވިގް އަދި ހެއާ އެކްސްޓެންޝަން ނުޖަހައެވެ.
ފޮޓޯއިން ފެންނަ ގޮތުން ކައިލީގެ އިސްތަށިގަނޑުގައި ޖައްސާފައި ހުރި މިދުވަސްކޮޅު އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ކުލައެވެ. ބްރޮންޒް އަދި ބްލޮންޑް ކުލަތަކުގެ މިކްސްއެއް ކައިލީގެ އިސްތަށިގަޑު ގައި މިހާރު ޖައްސާފައި ހުރި އިރު، ކައިލީގެ ސްޓައިލަކީ ވަރަށް ގިނަ ފަރާތް ތަކަކަށް ކަމުދާ ސްޓައިލެކެވެ.
މިދުވަސްކޮޅު ގޭގައި ހުރެގެން ކައިލީ އާއީ އޭނާގެ ދަރިފުޅު ކުރާ ގިނަ ކަންތައްތައް ކައިލީ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކުރަމުންނެވެ.
އުމުރުން އެންމެ 22 އަހަރުގެ ކައިލީ އަކީ "ސެލްފް މޭޑް" ބިލިއަނަރެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް