ads
ހިންނަވަރު މަގުތައް ހަދަނީ
ހިންނަވަރުގެ މަގުތައް ހެދިގޮތުން މިނިސްޓްރީ 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ޅ. ހިންނަވަރުގެ މަގުތައް ހެދުމުގައި އީ.އައި.އޭ ހިލާފަށް މަސައްކަތްކޮށްފައިވާތީ ކޮންސްޓަރކްޝަން މިނިސްޓްރީ 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (ޢީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޅ. ހިންނަވަރު މަގު ހެދުމާއި ފެން ހިންދާ ނިޒާމެެއް ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީ ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އީއައިއޭގެ ހިމެނިފައި ނުވާ މަގުތަކެއް ހަދާކަން އެނގިގެން އެކަން ބެލިކަމަށެވެ. އަދި އެޖެންސީ ބެލިބެލުމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މަސައްކަތް ހަވާލުކުރި ރޯޑް ޑިވޮލޮޕްމެންޓާއި އެކު ހަދާފައިވާ އެއްބަސްވުމުން އީއައިއޭ ހަދާފައި ނުވާ މަގުތަކެއް ހަދާފއިވާކަން ޔަގީން ކުރެވިފައިވާކަމަށެވެ. 

ޅ. ހިންވަރުގެ މަގުހެދުމުގެ މަސްރޫއިު އީ.އައި.އޭ އާއި ހިލާފަށް އީ.އައި.އޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކޮށްފައިވާތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ 2 ލައްކަ ރުފިޔާއިން ޖޫރިމަނާކުރާކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ. އަދި މި ފައިސާ 1 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް