ads
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް
ބެޑްމިންޓަން އިންތިހާބުވެސް މަޑުކުރަން އަންގައިފި
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މަސައްކަތް ކުރިއަށް ނުގެންދަން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ދެވަނަ ފަހަރަށް އަންގަވައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާންކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. އިއްޔެ ގެޒެޓްކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއްގައި ބުނެފައިވަނީ، މި މަހު، 10 ގައި ބޭއްވުނު، މި އަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާ މި މަހު 22 ވަނަ ދުވަހުގެރޭ އައްޑޫ އިކުއޭޓްރަލް ވިލެޖްގައި، އެ އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހިންގާ ކޮމިޓީގެ އާ ދައުރަކަށް އިންތިހާބުކުރަން އިއުލާނުކުރިއިރު، ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ، އެސޯސިއޭޝަންގެ ރައީސް، އެސޯސިއޭޝަންގެ ނާއިބު ރައީސް، އެސޯސިއޭޝަންގެ ހަޒާންދާރު، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެޑްމިންޓަން އިންތިހާބު އިއުލާން ކުރުމުގެ ކުރިން ވެސް އެ އެސޯސިއޭޝަނަށް އިންތިހާބީ މަސައްކަތް ކުރިއަށް ނުގެންދަން ސްޕޯޓްސް ކޮމިޝަނަރުވަނީ އަންގާފައެވެ. އެހެން އެކަން އޮއްވައި، އިންތިހާބު އިއުލާން ކުރުމާއެކު އަނެއްކާވެސްވަނީ އިންތިހާބު މަޑު ކުރުމަށް އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް