ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފް
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެވަނަ ފަަހަރަށް ފާސްކުުރަން މަޖިލީހުގައި ވޯޓް ނެގި ދުވަހު ޖަލްސާއަށް ހާޒިރުވުމަށް ފަހު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދު ﷲ ސަނީފް ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ ރިޝްވަތު ނަގައިގެންކްމަށް ބުނެ ދިޔަވަރު އޮންލައިންގައި ވަނީ ޖަހާފައެވެ.
މިވާހަކަތަކުގެ ރުޅިގަނޑު ސަނީފް ބޭރުކޮށްލީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ. ސަނީފްގެ ރުޅި އަމާޒުކުރެއްވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އަބްދު ﷲ ޝާހިދަށެވެ.
ސަނީފް ވިދާޅުވީ އެންމެ ބޮޑު ޕާޓީގެ ރައީސަކަށް މިހާރު ހުންނެވީ އެއްވެސް މީހަކު ކުރިމަތިނުލުމުން އިއްތިފާގުން ހޮވިފައިވާ ރައީސްއެއް ކަމަށެވެ.
އިންތިހާބު ލަސްކުރާ ބިލަށް ވޯޓް ނުދިން މައްސަލާގައި އޮންލައިނެއްގައި ޖެހި ހަބަރަކަށް އިޝާރާތްކޮށް ސަނީފް ތުހުމަތު ކުރެއްވީ އެ ވަހާކަތައް ފަތުރަނީ އަބްދު ﷲ ޝާހިދާއި މިދިޔަ ސަރުކާރުގެ ސްޕޯކްސް ޕާސަން މިއުވާން އާ ގުޅުން އޮންނަ ނޫހަކުން ކަމަށެވެ. އެހެންނަމަވެސް އެ ބުނާ ނޫހުގެ ނަމެއް ސަނީފް ވިދާޅެއްނުވެއެވެ. ސަނީފް ވިދާޅުވީ އެނާ މިއަދުވެސް ސާބިތުކަމާއި އެކު ހުރީ އެމްޑީޕީގައިކަމަށެވެ.
ސަނީފްގެ މި ވާހަކަތަކަށް ޝާހިދާއި މިއުވާންވެސް ވަނީ ރައްދުދީފައެވެ. ޝާހިދު ވިދާޅުވީ އޭނާގެ ނަން އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހާ ގުޅުވާ ސަނީފް ދެއްކެވި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ސަނީފްގެ ވާހަތަކަށް ރައްދު ދީ މިއުވާން ވިދާޅުވީ އޭނާ ނޫސްވެރިކަން ކުރާނަމަ ކުރާނީ ކެރިގެން ފާޅުގައިކަމަށެވެ.
ސަނީފް މިހާރު ހުންނެވި ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަނީ އަބްދު ﷲ ޝާހިދުގެ އަނބިކަނބަލުން ޒިފްލީނާ ހަސަންއެވެ.