ވެޓެރަންސް މުބާރާތުގެ ފުރަތަމަ މެޗު، ފަސޭހަކަމާއެކު ހުޅުމާލޭން ކާމިޔާބު ކުރީ ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށް ކުޅެއެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ގްރޫޕް އޭގެ މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ހުޅުމާލެ ވެޓެރަންސް ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ވަނީ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ.
ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުޅުމާލެ ވެޓެރަންސް އާއި ވިލިމާލެ ޔުނައިޓެޑުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ހުއްރިއްޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.