ads
މަރަދޫފޭދޫ
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރަކު ހައްޔަރުކޮށްފި
ހަށި ވިއްކުމާއި، ބަދުއަހުލާގީ އަމަލު ހިންގައި އެ ފަދަ ކަންކަމަށް މަގުފަހި ކުރާ ކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރަކާއެކު ފުލުހުން އައްޑޫ ގެސްޓްހައުސްއެއް ރެއިޑްކޮށް، ހައްޔަރު ކުރި މީހުންގެ ތެރޭގައި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެން ޑޮކްޓަރަކު ހިމެނެއެވެ. އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލުގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި، ދިވެހި ފިރިހެނަކާ، އިންޑިޔާ ފިރިހެނަކާ އަދި ތައިލެންޑްގެ ބައެއް އަންހެނުންވެސްވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ ބަންދު މުއްދަތު އައްޑޫ މަރަދޫ ކޯޓުން ޖަހާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ ޑޮކްޓަރަކީ އުމުރުން 38 އަހަރުގެ މީހެކެވެ. ހައްޔަރުކޮށްފައިވާ ތައިލެންޑް އަންހެން މީހާއަކީ، އުމުރުން 35 އަހަރުގެ މީހަކާ 37 އަހަރުގެ މީހެކެވެ. މި ދެ މީހުންވެސް ހަށި ވިއްކުމުގެ މަސައްކަތް ކުރާ ކަމަށް އިއުތިރާފުވެފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިޔާ މީހަކީ، އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް އިންޖިނިއަރެކެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހ ފިރިހެނަކީ 49 އަހަރުގެ މީހެކެވެ. އެއީ، ހަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ގެސްޓް ހައުސް ހިންގާ މީހާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.  

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް