ads
ސާގު ފަނި: ސާގަކީ ބަރުދަން ލުއިކުރުމަށާއި ހަޖަމުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ.
ސީއެންއެމް ބަދިގެ: ސާގު ފަނި
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ ސާގު ފަނީގެ ރެސިޕީ އެވެ. ހާރުދަމު ނުވަތަ ތަރާވީސް ދަމަށް ވެސް މިއީ ކަމުދާނެ ބުއިމެކެވެ.

ދިވެހިންނަކީ ރޯދަ މަހު ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ނުވަތަ ބުއިމެވެ. އެގޮތުން ސާގު ފަންޏަކީ ރޯދަ މަހު ދިވެހިންނަށް ވަރަށް ހާއްސަ ބުއިމެކެވެ.

ބޭނުންވާނެ ތަކެތި: 

1 ޖޯޑު ސާގު، 1 ޖޯޑު ހަކުރު، 18 ޖޯޑު ފެން، 3 ރާނބާފަތް ކޮޅު، ފިނިފެން، ކުލަ (ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް:

ހަ ޖޯޑު ފެން އުދާފައި ފެން ހޫނުވާން ފެށުމުން ސާގު އެޅުން. ބޮކިޖަހައި ކެކެން ފެށުމުން އުނދުން ނިއްވައިލައިފައި، އޭގެ ތެރެއަށް ހަ ޖޯޑު ފެން އެޅުމަށްފަހު، 1 ގަޑިއިރުވަންދެން ބެހެއްޓުމަށް ފަހު، ސާގުކޮޅު ފުރާނާލައިފައި ފެންފޮދު އުކާލާށެވެ. ފަނި ކައްކަން ބޭނުންވާ ތެއްޔަށް ހަ ޖޯޑު ފެން، ހަކުރު އަޅާފައި ކައްކަން އުދާލުމަށްފަހު، ކެކިގަތީމައި ސާގުކޮޅު އަޅާފައި އެއްކުރަމުން ބޮކިޖަހަންދެން އެއްކުރަމުން ކައްކާލާށެވެ. ބޮކިޖަހައި ކެކެން ފެށުމުން އުނދުން ނިއްވައިފައި ރާނބާފަތާއި ފިނިފެން އަޅައިފައި މަތިޖަހާނީ އެވެ. ބައެއް މީހުން ރާނބާ ފަތް ނުލައި ވެސް މި ފަނި ހަދާ އުޅެއެވެ. 

ބޭނުން ނަމަ، ސާގު ފަންޏަށް ގެރިކިރުވެސް އަޅާށެވެ. އަދި ބޭނުން ކުލައެއްގެ ކާކުލަވެސް އެޅިދާނެ އެވެ. ސާގުފަނީގެ އޮލަމިން ބަހައްޓާނީ އެއާއިލާއަކަށް އެންމެ ހެޔޮވަރަކަށެވެ. ދެން ސާގު ފަނި ފިނިކޮށްލުމަށްފަހު ބޭނުންކުރަން ފަށާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް