ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަމީނީމަގުން އެކަނި ވެސް ރޭ 15 ވެހިކަލް ޓޯކުރި ކަމަށެވެ.
އަދި ރޭ އެކަނި ވެސް މާލޭގެ އެކި ތަންތަނުން 40 ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މާލޭ ސިޓީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރަމުންނެވެ.
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.