އެމަޖަންސީކޮށް ޕޭސެންޓުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ އެމަޖެންސީ ސީ އެމްބިއުސެލެންސް އަދި އެއާ އެމްބިއުލެންސްވެސް ތައާރަފުކޮށްފަ އެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަނުން ބުނީ، ސީޕްލޭންގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު 2:30 ހާއިރު ކުޑަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ, DHC-8-200ގެ ބޯޓަކާއި ސީ ޕްލޭނެވެ.
މި ސީޕްލޭންގެ ފޮޓޯއެއް އެ މަނިކުފާނު މިއަދު "އެކްސް" ކުރައްވާފައިވާއިރު، ބަލާބެލުމަށް މި މަހުގެ އެއްވަނަ ދުވަހު އިފްތިތާހުކުރި އެއާ އެމްބިއުލާންސާއި މި ސީޕްލޭންގެ ބޭރު ޑިޒައިން އެއްގޮތެވެ.
ހެލްތް މިނިސްޓްރީން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެ ކަމަށާއި އެގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމާޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެ އެވެ.
މި ހިދުމަތް ފެށުމަށްޓަކައި 38 މީހުން އުފުލޭ ވަރުގެ އެއާކްރާފްޓެއް މިހާރު ވަނީ ރައްޖެ ގެނެސްފަ އެވެ. އަދި ކުއްލި ހާލަތުގައި ބޭނުންކުރާ އޮކްސިޖަންއާއި، ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި މި ބޯޓުގައި ހިމެނެ އެވެ.
އެ މަސައްކަތުގައި މޯލްޑިވިއަނުން ކުރި މަސައްކަތްތަކާއި މެޑިކަލް ޑިވައިސްތައް ފޯރުކޮށްދިން ކަމަށްޓަކައި މިނިސްޓްރީން ވަނީ އުރީދޫއަށް ޝުކުރުއަދާކޮށްފަ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް، ސަރުކާރުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި މިހާރު ގާއިމުކުރެވިފައިވާ "މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްގެ ނިޒާމް"ގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނުމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މިވަގުތު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ހަމަޖެހިފައިވަނީ ސްރީލަންކާއަށް ކަމަށާއި، ބަލި މީހުން ގެންދިޔުމަށް ސްރީލަންކާއިން ދެ ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެ ކަމަށެވެ. ލަންކާގެ އިތުރުން އެހެން ގައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.