ads
ރައީސް ޔާމީނާ، ޖަމީލް އަދި ޑރ. މުއިއްޒު
ޖުޑިޝަރީ އޮތީ ކަނު އަނދިރީގައި ބިރުން ސިހިފައި: ޖަމީލް
ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ ކަނު އަނދިރީގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްތިއުނާފީ ހައްގަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް ރައީީސް ޔަމީންގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުން މިއަދު އެކަން ހިފަހައްޓަމުންދާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.

"އެކަން ހިފަހައްޓަނީ މިއަދު ރައީސް ޔާމީނުގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުން، ޖުޑިޝަރީ އޮތީ ކަނު އަނދިރީގައި ބިރުން ސިހިފައި." ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވަމުން ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރައީީސް ޔާމީންގެ އިސްތިއުނާފު އަވަސް ކުރަން ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެ ހުކުމް ދަނީ ތަންފީޒުކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒަށް ކާމިޔާބުލިބިވަޑައިގަތުމާއެކު، އެ މަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ ޖަލު ހުކުމް، ގޭ ބަންދަށް ލުއިކޮށްދެއްވާފަ އެވެ. 

އެފަހުން ކަރެކްޝަންސްއިން ވަނީ ސިއްހީ ކަންކަމާއި ކަސްރަތު ކުރުމުގެ އިތުރުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވޭ ގޮތަށް ރައީސް ޔާމިންގެ ބަންދަށް ލުއިތަކެއް ދީފަ އެވެ. 

ނަމަވެސް ރަށު ބަންދުގައި ހުރެގެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް