ads
ފެންފޮޅި އަދި ކިރު
ސީއެންއެމް ބަދިގެ: ފެން ފޮޅި
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

މިއަދުގެ "ސީއެންއެމް ބަދިގެ" އަށް ހޮވާލެވިފައި މި ވަނީ ގިނަ ދިވެހިންނަށް ރޯދަ މަހު ވަރަށް އާންމު ކާއެއްޗެކެވެ. ތިރީގައި މި ހިމަނާލަނީ ފެން ފޮޅި ރެސިޕީ އެވެ. ފެންފޮޅި ކިތަންމެ ގިނައިން ހެދި ނަމަވެސް، އަބަދުވެސް ގިނަ ގޭގޭގައި އޮންނާނީ މަދުވެފަ އެވެ. 

ފެން ފޮޅި އަށް ބޭނުންވާނެ ތަކެތި:

 3 ޖޯޑު ފުށް
 ½ 4 ޖޯޑު ފެން
 ރަހަލާވަރަށް ލޮނު

ފެން ފޮޅި ހަދާނެ ގޮތް:

އެންމެފުރަތަމަ ފުށް ފުރާނާފައި، ގިރާނެ ތެއްޔަކަށް އަޅާލާށެވެ. ދެން ފެން އަޅައިގެން މަޑުމަޑުން ގިރާނީ އެވެ. އެއްފަހަރާ ފެންތައް އޮއްސާނުލާ، ދެން ލޮނު ހެޔޮވަރުކޮށްލާށެވެ. 

ދެން ތަވައެއް އުނދުން މައްޗަށް އުދައި ތަވާ ހޫނުވީމައި އުނދުޅިއަކުން ނަގައި އެއްކުރި އެތިން އެތިކޮޅެއް ތަވައަށް އަޅާލާށެވެ. އަދި އުނދުޅީގެ އަނެއް ފުށް އޭގެ މަތީގައި ކާއްތާލައިގެން ވަށްކޮށް ތުނިކޮށް ފޮޅި އޮންނާނެ ގޮތަށް ފަތުރާލާށެވެ.

ފިހެވޭކަށް މާގިނަ އިރެއް ނުވާނެއެވެ. ފަސޭހައިން ތަވައިން ފޮޅި ނެއްޓޭވަރު ވީމައި އެއޮތީ ފިހެވިފައެވެ. ފިހެވުމުން ދޭފަތެއް ބޭނުންކޮށްގެން އެ ނަގާށެވެ. ނަގާއިރު ދޭފަތް ބޭނުން ކޮށްގެން އޮޅާވެސްލެވިދާނެއެވެ. 

ފެން ފޮޅިއާއި ކިރަކީ އެންމެ ކުރީއްސުރެވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ތައްޔާރުކުރާ ރޯދަ އަށް ހާއްސަ ކެއުމެކެވެ. ފެންފޮޅި އަކީ ބައެއް ފަހަރު ރޮށީގެ ބަދަލުގައި ކާލަން މީރު ކޮށާލަން ވެސް ދަތިނޫން އެއްޗެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް