ads
ލަންކާގެ މަސްބޯޓެއް - ފައިލް ފޮޓޯ
ވަގަށް މަސްވެރިކަންކުރި ލަންކާ ބޯޓެއް ދައުލަތަށް ނަގައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދި އެ އުޅަނދުގެ ވެރިފަރާތުން ހަތަރު ލައްކަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ، ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތް އަވައްޓެރި ސްރީ ލަންކާގެ މަސް ބޯޓެކެވެ. 

އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައިވަނީ އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރި ހުރިހާ ވަސީލަތްތައް ދައުލަތަށް ނެގުމާ އެކު، އެ އުޅަނދުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.

މަސްވެރިކަމާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދުތައް ދައުލަތަށް ނެގުމުގެ ބާރު އޮވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް