ads
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެވުނު ޝިފާޒް މުހައްމަދަށް ލިޔުން ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޝިފާޒް
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޝިފާޒް މުހައްމަދު އައްޔަންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ޝިފާޒް އެ މަގާމަށް އައްޔަންކުރުމާ ގުޅިގެން "އެކްސް" ގައި އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އޭނާ މަގާމަށް އައްޔަންކުރެވުމު ކަމުގެ ލިޔުން ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް ޝިފާޒް އައްޔަންކުރުމުގެ ކުރިން އެ މަގާމުގައި ހުންނެވީ އަހުމަދު އަލީ އެވެ. ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވުމަށްފަހު، ސަސްޕެންޝަން ހަމަވުމުގެ އެއް މަސް ކުރިން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް އަހްމަދު އަލީ އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް