ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ހައުސިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން.- ފޮޓޯ: މިނިސްޓްރީ
ހައުސިން މިނިސްޓްރީ އަށް ލަފާދޭން ކޮމިޓީއެއް
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހު ކަމަށެވެ.

މިކޮމިޓީއަކީ އެމަޝްރޫއުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭނެ ކޮމިޓީއެއް އެލުލަވާލެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ލަފާފުޅަކާއެކު އުފެއްދި ކޮމިޓީއެއްކަމަށް އެވުޒާރާއިން ވިދާޅުވި އެވެ. އަދި ކޮމިޓީއަށް މެމްބަރުން އައްޔަންކުރައްވާފައިވާކަމަށްވެސް ހައުސިން މިނިސްޓްރީ ބުންޏެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

• މ. ލޮނުވެލި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު
• ހ. ހަބަރުގެ، އާމިނަތު އީނާސް
• ގ. ވިޔަވަތި، އަހުމަދު އަލި މަނިކު
• މ. ދޫނިހުރާ، އަބްދުލްއަޒީޒު ޔޫސުފް
• މ. ޒޭވަރު، މަރިޔަމް ފިޒާނާ ރަޝީދު

ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަނީސާ އަހުމަދެވެ. އަދި ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު އެ މިނިސްޓްރީގައި ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އާއި ވައިސް ޗެއާ އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ އެ މިނިސްޓްރީގެ ފަރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް