ހަތަރު މިސްކިތެއްގައި މިއަދު ހުކުރު ކުރާނީ ޒުވާން ހަތީބުން
އަލީ މިދުހަތު
15 މާރޗް 2024 - 07:53:23
މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމުގެ ހުކުރު ކުރާނީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމުގެ ހުކުރު ކުރާނީ ޒުވާން ހަތީބުންނެވެ. މަރުކަޒު ގައި ބަންގި ގޮވާނީ ވެސް ޒުވާން ހަތީބެކެވެ.
މިނިސްޓްރީން ވަނީ މި ރޯދަ މަހު، ތަރީވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ހަތީބުން ތަމްރީނު ކޮށްފަ އެވެ. މިނިސްޓްރީން ވަނީ އިމާމުވެ ތަރާވީހް ނަމާދު ކުރަން ވެސް 16 ކުއްޖަކަށް ފުރުސަތު ދީފަ އެވެ.
މިއަދު ހުކުރު ކުރާ ހަތީބުން:
1. ނައުފަން ނިޔާފް (ހުކުރު މިސްކިތް)
2. ހުސައިން ޒައިން އަލީ (ހުޅުމާލެ، މަސްޖިދުލް އަމާނީ)
3. ސުލައިމް މުހައްމަދު ލަތީފް (ތައިބާ މިސްކިތް)
4. އަބްދުލްމަތީން މުހައްމަދު (އީދު މިސްކިތް)
މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް ގުރުއާނުގެ 12 ފޮތް ވަނީ ހިތުދަސް ކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް