ads
ލިވަޕޫލް ކުޅުންތެރިން
ލިވަޕޫލް ހެވިލާފަ ކުއާޓާ ފައިނަލަށް
ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ލިވަޕޫލުން 6-1 އިން ސްޕާޓާ ޕްރާގް ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ދެ މެޗުގެ އެގްރިގޭޓަށް ބަލައިރު ލިވަޕޫލުން ވަނީ ޗެކް ރިޕަބްލިކްގެ އެއް ވަނައިގައި އޮތް، ސްޕާޓާގެ މައްޗަށް 11-2 އިން އެގްރިގޭޓް މޮޅެއް ހޯދައިފަ އެވެ.

ރޭގ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 14 މިނިޓް ތެރޭ ސްޕާޓާ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. ޑާވިން ނޫނޭޒް ފުރަތަމަ ގޯލު ޖެހިއިރު، ލީޑުޅާކުރީ ބޮބީ ކްލާކް ޖެހި ލަނޑުންނެވެ. ތިން ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ. ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ، ކޯޑީ ގަކްޕޯ އެވެ.

ލިވަޕޫލްގެ އަނެއް ލަނޑުތައް ޖެހީ ގަކްޕޯ އާއި ޑޮމިނިކް ސޮބޯސްލާއި އެވެ. ސްޕާޓާ ޕްރާގް އިން ލަނޑު ޖެހީ، ވެލްޖްކޯ ބިރްމާންސެވިޗް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް