އުމުރުން 17 އަހަރުގެ ކުއްޖެއްގެ ފޯނު، ކަޓަރުން ބިރު ދައްކައިގެން ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާއަކީ މީގެ ކުރިންވެސް މި ފަދަ ކުށްތައް ކުރާ ކަމުގެ ރިކޯޑް އޮންނަ މީހެކެވެ. އަދި އޭގެ އިތުރުން އެ މީހާއަކީ، ކޯޓަށް ކުރިން ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި، މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއަކާ ގުޅިގެން ކޯޓަށް ހާޒިރުނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުވެސް ނެރެފައިވާ މީހެކެވެ.