އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން މިހެން ވިދާޅުވީ، އީއްޔެ ހައްޔަރު ކުރި ބިދޭސީންނާއި މެދު އަމަލު ކުރަނީ ކޮންގޮތަކަށްތޯ ގިނަ ފަރާތްތަކުން ސުވާލު ކުރަމުންދާކަން ފާހަގަކޮށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅޭ ބިދޭސީންގެ މައްސަލަ އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ ގޮތުން މ. ސްޓާކާލައުންޑްސް އިމާރާތުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާތީ އެ މީހުން ދެނެގަތުމަށްް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.