ގްރޫޕް އޭގެ މެޗު ހުއްރިއްޔާއިން ޕޮލިހާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހުއްރިޔާއިން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ހުއްރިޔާއިން ލީޑު ނެގީ މައުސޫމް އަބްދުލް ގަފޫރު – މާސޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ހުރާގެ ތިންވަނަ ލަނޑުވެސް ޖެހީ ރޮނާއެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ.