ads
ޗެއާޕާޝަން ފައްޔާޒު
މިއުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫން: ފައްޔާޒު
އެމްޑީޕީން އުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ތ. ތިމަރަފުށި ދާއިރާއަށް ވަދަކުރައްވާ ކެންޑިޑޭޓުގެ ޖަލްސާއެއްގައި ވަހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނީ ގޮތުން އަދި އެހެންނިހެން ގޮތުން ގައުމު ހަމަ މަގުގައި ހިފެހެއްޓުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. 

ދޮގުހަދައިގެން ބަޔަކު ވެރިކަމަށް އައިސްފައިވީ ނަމަވެސް އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް އަނބުރާ ވުމަށް ޖާގަ ދެވެންނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"އެކަން ހުއްޓުވަން ކުރަންޖެހޭ ހުރިހާކަމެއް އަޅުގަނޑުމެން އެންމެ ވެގެން އެބަ ޖެހޭ ކުރަން. މިސަރުކާރުން ބޭނުންހާ ގޮތެއް ހަދަން ފުރުސަތު ހަމަ އެއްގޮތަކަށްވެސް ދީގެން ނުވާނެ." ފައްޔާޒު ވިދާޅުވި އެވެ.

މިދައްކަނީ އެއްވެސް ސަރުކާރަށް ޖެއްސުން ކުރާ ވާހަކަ އެއް ނޫން ކަމަށާއި ނުވަތަ ވެރިކަމުން ވައްޓާލާ ވާހަކަ އެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރު ވައްޓާލަން ޖެހިއްޖެޔާ އެކަން ކުރަންވެސް ފަސްނުޖެހޭނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނިއްޔާ މިސަރުކާރު ހަމަމަގަށް އެޅުވުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މި ސަރުކާރު ހަމަ މަގަށް ނޭޅުވިއްޖެ ނަމަ މި ސަރުކާރު ނިންމިގެންދާއިރު ސަލާމަތް ނުވާ ވަރަށް ކަންކަން އޮންނާނީ ގޯސްވެފައި ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ވުރެން ރައީސް ޑރ.މުއިއްޒުގެ ވެރިކަން މާ އަނިޔާވެރިކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"ރައީސް ޔާމިންގެ ވެރިކަމުގައި އަނިޔާވެރިވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމާއި ދެކޮޅުވި މީހުންނައް. ނަމަވެސް މި ސަރުކާރުން ވަކި ބަޔަކޭ ނުވަތަ ރަށެކޭ ކިޔާ އެއްޗެއް ބުނުމުން އެއިން ކޮންމެ މީހަކަށް އެބަ ޒާތީވޭ އަދި އަނިޔާ ކުރޭ" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް ވާނުވާ ސަރުކާރަށް ލިބިއްޖެނަމަ މި ވޭތުވެދިޔަ 10 އަހަރު ލިބިފައިވާ ބަސްބުނުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނެ ކަމަށެވެ. މިގޮތުން ނޫސްތަކުގައި ތަޅުއަޅުވަން މަސައްކަތް ކުރައްވާފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް