ads
ސޫޖީ- ފޮޓޯ: ލޮނުމެދު ޕޭޖް
ސީއެންއެމް ބަދިގެ: ސޫޖީ
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

މިއަދުގެ "ސީއެންއެމް ބަދިގެ" އަށް ހޮވާލެވިފައި މި ވަނީ ދިވެހިންގެ މެދުގައި މަގުބޫލު ބުއިމެއްގެ ރެސިޕީއެކެވެ. ސޫޖީ އަކީ އާދައިގެ ދުވަސްތަކުގަައިވެސް ހޫނުކޮށް ނުވަތަ ފިނި ކޮށްލައިގެން ބޮޔެލަން މީރު ބުއިމެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.  

ބޭނުންވާނެ ތަކެތި: 

 ½ ޖޯޑު ސެމޮލީނާ (ސޫޖީ)

 1 ދަޅު ގެރިކިރުރަ (ގެރިކިރު ބޭނުން ކުރާނަމަ ހަކުރު ބޭނުމެއް ނޫން)

 1 ޖޯޑު ކަނަމަދު (ދިގަށްވާގޮތަށް ކޮށާފައި)

 1 ފިޔާ (ތުނިތުނިކޮށް ކޮށާފައި)

 ½ ޖޯޑު ހިކި މޭބިސްކަދުރު

 2 ސައިސަމުސާ ގިތެޔޮ (ބަދަލުގައި ވެޖެޓަބަލް އޮއިލްވެސް ބޭނުންކުރެވިދާނެ)

 5 ކާފުރުތޮޅި

 2 ރާނބާފަތް (1/2 އިންޗި އެތިކޮޅު ކޮޅަށް ކޮށާފައި)

 3 އިންޗީގެ ފޮނިތޮށި ކޮޅެއް

 5 ޖޯޑު ފެން

 2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

މަޑުގިނީގައި ތެއްޔެއްގައި ގިތެޔޮކޮޅާއި (ނޫނީ ވެޖަޓަވަލް ތެލާއެކު) ފިޔާ އަދި ރާނބާފަތް ރަތްކޮށް ލާށެވެ. ދެން މީގެތެރެއަށް ހިކި މޭބިސްކަދުރު، ކާފުރުތޮޅި، ފޮނިތޮށި، ކަނަމަދު އަޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް މީރުވެލުމުން މީގެތެރެއަށް ސެމޮލީނާ އަޅާ މަޑުގިނީގައި 2 މިނެޓެއްހާއިރު ކައްކާލާށެވެ. 

ދެން ގެރިކިރު ދަޅު އަދި ފެންއަޅައި، އެކުއެކީ ގިރުނީމަ ދިހަ ވަރަކަށް މިނެޓު ބަހައްޓާށެވެ. ހުރިހާ އެއްޗެއް އެއްވެ ބޮކިއަރަންފެށުމުން ވެނީލާ އެސެންސްއަޅާ އެއްކޮށްލައި، އަދި ތަންކޮޅެއް މަޑު ގިނީގައި 2 މިނެޓް ކައްކާލާށެވެ. 

ސޫޖީ އަކީ މި ދުވަސްކޮޅު ގޭގައި ތަޖުރިބާކޮށްލަން ރަނގަޅުވާނެ އެވެ. އާއިލާއަށް ރޯދަވީއްލުމަކަށް ދައުވަތު ދޭ ދުވަހެއްގެ މެނޫ އަށް އެޑް ކޮށްލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް