ads
ޑްރޯންގެ އެހީގައި ރާއްޖެ ބެލެހެއްޓުމަށް ފެށުން ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފުން ވައިގެ ބާރު ތައާރަފު ކުރުމުން މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާހުކުރުމާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ދަންނަވައިފި އެވެ.

މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެންޑީއެފް އެއަރ ކޯ އިފްތިތާހުކުރުމުގެ ތާރީހީ މުނާސަބަތުގައި އިއްޒަތްތެރި ރައީސްއަށާއި ދިވެހި ސިފައިންނަށް އިހްލާސްތެރިކަމާއެކު ތަހުނިޔާދަންނަވާ ކަމަށެވެ.

ދިވެހި ސިފައިންގެ ވައިގެ ފޯސްގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިހިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ދެ ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، އަސްކަރީ ދެ ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރުން ކަމަށެވެ.

އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް