ads
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޔޫއޭވީ އިތުރުކުރުމަކީ ކުރެވިގެން ދިޔަ މުހިންމު ކަމެއް: ހަމީދު
ގައުމީ ސަލާމަތް ރައްކާތެރިކޮށް އިތުރުކުރުމުގެ ގާބިލްކަމެއްގެ ގޮތުގައި އަންމެނެޑް އެރިއަލް ވެހިކަލްސް (ޔޫއޭވީ) އިތުރުކުރުމަކީ ކުރެވިގެން ދިޔަ މުހިންމު ކަމެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ
Advertisement
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ ޔޫއޭވީ ތައާރަފް ކުރުމަށް ސަރުކާރުގެ ތެރެއިން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ކުރެވި މަސައްކަތަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. 

ދިވެހި ރާއްޖޭ އުފެދިފައިވާ ގޮތުން ޔޫއޭވީ ގާއިމް ކުރުމަކީ ކުރެވިގެންދިޔަ ވަރަށް މުހިންމުކަމެއް ކަމަށާއި ސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހަދު ބެލެހެއްޓުމަށް މި ޔޫއޭވީ ތަކުގެ ސަބަބުން ފަސޭހަވެގެން ދާނެތީ ކަމަށް ހަމީދު ފާހަގަ ކުރެއްވި އެވެ. 

"ރާއްޖޭއަށް އެންމެ މުހިންމު ކަމަކީ، އިންޓެލިޖެންސް، ސަރވޭލަންސް އެންޑް ރިކޮނައިސަންސް (އައިއެސްއާރު)، އަދި ރެސްޕޮންސް އަށް ޖޮއިންޓް އޮޕަރޭޓިން މޮޑެލްއެއްގެ މައްޗަށް ބިނާކޮށް، ކެޕޭސިޓީގެ އޮޕަރޭޝަންތައް އޮޕްޓިމައިޒްކޮށް، ފުޅާ ގައުމީ ސަލާމަތީ އާކިޓެކްޗަރަށް ބޭނުންކުރުން" ހަމީދު ވިދާޅުވި އެވެ.


ރާއްޖޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ޑޮމެއިންގައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގައުމީ ސަލާމަތުގެ މުއައްސަސާތަކުގެ ދާއިރާއިން އަމަލީ ގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމުތައް ނެތުމުން ކަމަށް ހަމީދު ވިދާޅުވި އެވެ.    

މި ޔޫއޭވީތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ދިފާއީ ނިޒާމް އިތުރަށް ފުޅާކޮށް އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާއި އެހެން ކަމުން ދިވެހި ރާއްޖޭގެ ދިފާއީ ބާރުތަކުން މި ޔޫއޭވީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރުން މުހިންމު ކަމަށް ހަމީދު ވިދާޅުވި އެވެ.


your imageރާއްޖެ އަށް ތުރުކީ އިން ގެނައި އަސްކަރީ ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް