ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ، ފާއިޒް އަދި ޖޭއެސްސީގެ ރައީސް ހިސާން
ޖޭއެސްސީން ފާއިޒް ގޮވައިގެން ހައިކޯޓަށް
ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ޑރ. ހުސެއިން ފާއިޒުއަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކުރި ހުކުމް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ އަހަރުވަނީ ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ނިންމީ، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާއިޒް ވަކިކުރުމުން، އޭނާގެ ފަރާތުން އެ މައްސަލަ ވީޓީއާރަށް ހުށަހެޅުމުންނެވެ.

މި މައްސަލަ ޖޭއެސްސީން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފްތާގައެވެ.

ފާއިޒް ވަކިކުރީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވަ އެވެ. ފާއިޒު ވަކިކުރީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައިވެސް ބެހެއްޓުމަށް ފަހުއެވެ.

މި މައްސަލަ ޖޭއެސްސީގެ ފަރާތުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ޑީޖޭއޭއިން ތަބާ ނުވެގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، މައްސަލައިގެ އަޑު އެހުންތައް މިހާރުވަނީ ފެށިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް