ads
އެމްއެމްއޭ - ފޮޓޯ:ސަން
2023 ގައި 615 މިލިއަން ރުފިޔާ އިންޝުއަރެންޝުން ކްލައިމްކުރި: އެމްއެމްއޭ
2023 ގައި 615.70 މިލިއަން ރުފިޔާ އިންޝުއަރެންޝް ކްލައިމްކުރި ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެންމެ ގިނައިން ކްލޭމް ކޮށްފައިވަނީ ހެލްތް އިން ކަމަށާއި ދެވަނަ އަށް އެންމެ އެންމެ ގިނައިން އަލިފާނުގެ ހާދިސާ އިން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ތިން ވަނަ އަށް ކަނޑުމަތީ ހާދިސާތަކާއި ގުޅިގެން ހުށަހެޅި ކްލެއިންމް ކަމަށާއި ހަތަރު ވަނަ އަށް އެންމެ ގިނައިން ލިބިފައިވަނީ އެހެންނިހެން އިންޝިއުރެންސް ކްލެއިމް ލިބިފައިވާ ކަމަށެވެ. 

އެމްއެމްއޭ އިން ބުނެފައިވަނީ އެ އިދާރާއަށް މިދިޔަ އަހަރުގެ ތެރޭގައި ސިއްހީ ކަންކަމާއި ގުޅިގެން 323.1 މިލިއަން ރުފިޔާގެ އިންޝައުރެންޝް ލިބިފައިވާ ކަމަށާއި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން 171.30 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

62.70 މިލިއަން ރުފިޔާ ކަނޑުމަތި ހާދިސާތަކާއި ގުޅިގެން ހުށަހެޅި އިންޝުއަރެންސް ކްލެއިމް ލިބިފައިވާ ކަމަށާއި އެހެން ނިހެން ކަންކަމާއި ގުޅިގެން 58.50 މިލިއަން ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ކްލެއިމް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް