ads
ޗިކަން ސަމޯސާ
ސީއެންއެމް ބަދިގެ: ޗިކަން ސަމޯސާ
މި ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި މިއަދު މި ގެނެސްދެނީ ޗިކަން ސަމޯސާ ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި:

1 ސައި ސަމުސާ މުގުރި ދިރި

1 ޖޯޑު ކުކުޅު މަސް (ފެނުކައްކައި ކުދިކޮށް ވީދާފައި)

1 ފިޔާ (ކިއުބްކޮށް ކޮށާފައި)

1 ލޮނުމެދު (ކޮށާފައި)

1 މިރުސް (ކޮށާފައި)

1/2 ސައި ސަމުސާ މުގުރި ހިކިމިރުސް

4 ސައި ސަމުސާ ތެޔޮ

1/2 ސައި ސަމުސާ އަސޭމިރުސް

1/2 ސައި ސަމުސާ ގަރަމް މަސާލާ

ލޮނު (ަރަހަ ލާ ވަރަށް)

ތެޔޮ (ތެލުލުމަށް)

ފުށްގަނޑަށް ބޭނުންވާ ތަކެތި:

1/2 2 ޖޯޑު ފުށް

1/4 ޖޯޑު ތެޔޮ

ލޮނުކޮޅެއް (ރަހަ ލާ ވަރަށް)

ތާފަނާ ފެން (ފުށްގަނޑު މޮޑެވޭ ވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދައި، 4 ސައިސަމުސާ ތެޔޮ އަޅައިލާށެވެ. ދެން އޭގެ ތެރެއަށް ދިރިކޮޅު އަޅައި ކުޑަކޮށް ފްރައިކޮށްލުމަށްފަހު، ފިޔާކޮޅާއި ލޮނުމެދުކޮޅު އަޅައިލާށެވެ. އަދި ފިޔާކޮޅު ކުޑަކޮށް މޯޅިކޮށްލާށެވެ.

ފިޔާކޮޅު މޯޅިވުމުން، އޭގެ ތެރެއަށް ކުކުޅުކޮޅާއި، އަސޭމިރުސް، މިރުސް، މުގުރި ހިކިމިރުސް، ލޮނު އަދި ގަރަމް މަސާލާކޮޅު އަޅައިލާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް އުނދުން މަތީގައި ބަހައްޓައިގެން ހަނާކޮށްލާށެވެ. ލޮނުރަހަ ހެޔޮވަރުކޮށްލުމުން، މަސްގަނޑު ތައްޔާރުކޮށް ނިމުނީ އެވެ.

ފުށްގަނޑުގެ ތެރެއަށް ލޮނު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތެލާއި ފެން އަޅައިގެން ފުށްގަނޑު އޮމާންވަންދެން މޮޑެލާށެވެ. 

ކުރިން އެއްފަރާތް ކުރި ފުށްގަނޑުތައް ނެގުމަށްފަހު ކޮންމެ އެއްޗެއް ރޮށްޓެއްހެން ދަމާލާށެވެ. އަދި މި ރޮށި ދެފަޅިއަށް ފަޅިކުރުމަށްފަހު ބަޖިޔާ ތައްޔާރުކުރާ ގޮތަށް މި ރޮށިކޮޅުގެ ތެރެއަށް ކުރިން ތައްޔާރުކުރި ފިލިންގް އެޅުމަށްފަހު ތިންކަނުން ބައްދާލާށެވެ.

ތަވައަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ތައްޔާރުކުރި ސަމޯސާތަކަށް ރަންމުށިކުލަ އަރަންދެން ތެލުގައި ފިހެލާށެވެ.  

މިހާރު ތިހުރީ ލެމަން ޕުޑިން ތައްޔާރުވެފަ އެވެ. މޭޒު މައްޗައް ނަގަންވީ އެވެ. މިއީ ރޯދަމަހުގެ ބަދިގެ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކެއުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް