ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ އިންދެގެން އުޅޭ ފަރާތްތަކާއި ރައްޓެހިވެގެން އުޅޭ ދެ ފަރާތުން އެކުގައި ނަގާފަ ހުންނަ ބަރުހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ކަންތައްތަކެއް ހިނގަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ޝޯސަލް މީޑިޔާއިން ދިމާވާ އެކިއެކި ފަރާތް ތަކާއި އެކު ކުރާ ވީޑިއޯ ކޯލްތަކުގައި އެކަކު އަނެކަކު ބަރުހަނާ ވެގެން ކުރާ ކަންތައްތަކުގެ ސަބަބުން ބްލެކްމެއިލް ވެގެން އެ މައްސަލަތައް ފުލުހުންނައް ހުށަހެޅުމުންދާ ކަމަށް އެ އިދާރާއިން ބުނި އެވެ.
ފުލުހުން ބުނީ މިހާރަކަށް އައިސް ސޯޝަލް މީޑިޔާގެ އެކި އެޕް ތައް މެދުވެރިކޮށް ބައްދަލުވުމަށް ގެސްޓްހައުސްތަކަށް ދިއުމުން ބައެއް ފަހަރު ގަދަކަމުން ހިފަހައްޓާ ރޭޕްކޮށް އަދި ވީޑިޔޯ ކޮށް ބަރުހަނާ މަންޒަރުތައް ފެންނަ ފޮޓޯތައް ނަގާ އެ މީހުން ބްލެކްމެއިލް ކުރަމުން ދާކަމަށް ފާހަގަ ވާ ކަމަށެވެ.
ބަލަން ފެށުން މައްސަލަތަކުގެ ތެރެއިން އެއްމައްސަލަ މިހާރު ވަނީ ތަހުގީގުކޮށް ނިންމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ކަމަށް ފުލުހުން ބުނެ އެވެ.
ދެވަނަ މައްސަލަވެސް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ،
މިފަދަ މައްސަލަތައް ފުލުހުން ދަނީ ވަރަށް ސީރިއަސްކޮށް ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ