ads
އިންޑޯނޭޝިއާގައި ބިނާ ކުރި މިސްކިތް
ދިވެހީންގެ އެހީގައި އިންޑޮނޭޝިޔާގައި އެޅި މިސްކިތް ހުޅުވައިފި
ދިވެހިންގެ އެހީގައި އިންޑޮނޭޝިޔާގައި ބިނާ ކުރި މިސްކިތެއް ބޭނުންކުރަން ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބުނެފި އެވެ.

އައިއޭސީން ބުނެފައި ވަނީ އިންޑޮނޭޝިިޔާގައި "މަސްޖިދުލްރަހީމް" ގެ ނަމުގައި ހުޅުވިގެންދިޔަ މިސްކިތަކީ ދިވެހިންގެ އެހީއާއެކު ބިނާކުރެވުނު މިސްކިތެއް ކަމަށެވެ. މި މިސްކިތުގެ އިތުރުން ވެސް އެ ގައުމުގައި ދިވެހީންގެ އެހީއާއެކު އެހެން މިސްކިތެއް ދަނީ ބިނާކުރަމުންނެވެ.

ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފައިވާ "މަސްޖިދުލް ރަހީމު" ބިނާކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ "ތަޖުރީ" ޕްރޮގްރާމްގެ ތެރެއިންނެވެ. މި ޕްރޮގްރާމްގެ ތެރެއިން މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ދިވެހިންގެ އެހީގައި މިސްކިތްތައް ބިނާކޮށްފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ މިހާރު ވެސް އެހެން ދެ ގައުމެއްގައި މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން 572،000ރ. ހަރަދުކޮށްގެން ނައިޖީރިއާ އާއި ބެނިންގައި 240 މީހުންގެ ޖާގައިގެ މިސްކިތްތަކެއް އަންނަނީ ބިނާކުރަމުންނެވެ. މި މިސްކިތްތައް ބިނާކުރުމަށް އެހިވާން ވެސް އޮތީ ހުޅުވާލައިފަ އެވެ.

އެ ޖަމިއްޔާއިން ދަނީ ފަލަސްތީނަށް ވެސް އެހީތެރިިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބަނޑުހައިހޫނުކަމުގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހީންގެ އެހީގައި ކާބޯތަކެތީގެ ޕެކޭޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް