ads
ވޭސްޓް ސްޓޭޝަން ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
184މިލިއަންގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ވެމްކޯއާ ހަވާލުކޮށްފި
މާލޭގައި އުފޭދޭ ކުނި ތިލަފުއްޓަށް ގެންދިޔުމުގެ ކުރިން ރައްކާތެރިކަމާއެކު ޖަމާކުރާ މަރުކަޒު އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ވެމްކޯއާއި ހަވާލުކޮށްފިއެވެ.

މާލޭގެ ވިލިމާލެ ބްރިޖް އަޅާ ސަރަހައްދާ އިންވެގެން ހުންނަ މި މަރުކަޒު އިމާރާތްކުރީ މިދިޔަ ސަރުކާރުންނެވެ. އެ މަރުކަޒު ރަސްމީކޮށް ހުޅުވާދެއްވީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމެވެ.

މިތަނުގެ މަސައްކަތް ކުރީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިނޖިނިއަރިން (ސީ.އެސް.ސީ.އީ.ސީ) އިންނެވެ. 65 ހާސް އަކަފޫޓުގެ ސަރަހައްދެއް ބޮޑު މި މަރުކަޒު ހަދަނއ ހޭދަކޮށްފައިވަނީ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ (11.97 މިލިއަން އެމެރިކާ ޑޮލަރު) ށެވެ.

your imageވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް 

މި އިމާރާތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ. 

 މާލޭގައި ޤާއިމްކުރެވިފައިވާ މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤްސަދުގައި އިމާރާތްކުރެވޭ ސްޓޭޝަނެއްކަމަށް ސަރުކާރުން ބުނެއެވެ.  މި މަޝްރޫޢު އަކީ އޭޑީބީ އިން ބަލަހައްޓަމުންދާ 'ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް' ގެ 2 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ޕްރޮޖެކްޓެއްކަމަށްވެސް ސަރުކާރުން ބުނެއެވެ.  

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވި ގޮތުގައި މި ފެސިލިޓީ ވެގެންދާނީ މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީ އަކަށެވެ.  

ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިމިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތަށް ޚާއްސަ ކުރެވިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ޤާއިމްކުރެވިފައިވާ 6 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއަށް މި އިދާރާތަށް ބަދަލުކުރެވިގެންދާނެއެވެ. 

މީގެ އިތުރުން ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިންގއަށް ޖާގަ ޚާއްސަ ކުރެވިފައެވެ. މީގެ އިތުރުން، މިއިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ޤާއިމްކުރުމަށެވެ. 

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް