ads
މުސްިމުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމަށް އދ. ގައި ރާއްޖެއިން ވަނީ ގޮވާލާފައި - ފޮޓޯ: ފޮރިން މިނިސްޓްރީ
މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓުވަން ރާއްޖެއިން ގޮވާލައިފި
މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އދ. ގައި ގޮވާލައިފި އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިސްލާމްފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅިގެން އދ. ގައި އިއްޔެ ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގަ ރާއްޖެއިން ވަނީ އިސްލާމްދީނާ ދެކޮޅު އަމަލުތަށް ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

ރާއްޖެއިން ވަނީ މުސްލިމުންނާއި ދެކޮޅަށް މަސައްކަތް ނުކުރާ މުޖްތަމައުއެއް ބިނާ ކުރުމަށް ގޮވާލާފަ އެވެ. އަދި މި ރޯދަ މަހުގައި ވެސް އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ދެމުންދާތީ ރާއްޖެއިން އދ. ގައި އެކަން ކުށްވެރިކޮށްފައިވެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އދ. ގެ އެ ހައިލެވެލް އިވެންޓުގައި، މުސްލިމުންނަށާއި މުސްލިމް މުޖުތަމައުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލާފައިވާ ކަމުގަ އެވެ.

އިސްލާމްފޯބިއާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަރާރު ވެސް އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސާ ކޮށްފަ އެވެ. އަދި 115 ގައުމަކުން އެ ގަރާރާ އެއްކޮޅަށް ވޯޓު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް