ads
ްީްކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ
"ހައުސިން ކޮމިޓީ" އަށް ލަފާދޭ ކޮމިޓީ ހެދީ ކައުންސިލް އާއި މަޝްވަރާނުކޮށް: އެމްޑީޕީ
"ހައުސިން ކޮމިޓީ" ހެދީ ކައުންސިލް އާއި މަޝްވަރާނުކޮށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
Advertisement

މިރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވީ މި ކޮމިޓީ އަކީ ނިކަމެތި ރައްޔިތުންނައް އޮޅުވާލުމަށް އުފެއްދި ކޮމިޓީ އެއް ކަމަށެވެ.

މި ކޮމިޓީގެ ސަބަބުން އެތަށް ނިކަމެތި ރައްޔިތުންނެއްގެ ހައްގު ގެއްލިގެންދާނެކަމަށާއި އެއީ ސަރުކާރުން ރާވައިގެން ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށް ހަދައިގެން އުޅޭ އެއްވެސް ހައިސިއްޔަތެއް ނެތް ކޮމިޓީއެއް ކަމަށް އީސަ ވިދާޅުވި އެވެ. 

"މި ކޮމިޓީ ހެދުމުގައި މާލޭ ސިޓީ ކައުންސިލްގެ އަދި ހާއްސަކޮށް މޭޔަރު އަލީ އާޒިމްގެ މަސްވަރާއެއް އަދި ހިޔާލެއް ހޯދާފައި ނުވާ ކަމީ އަޅުގަނޑުމެން މި ކޮމިޓީ އަކީ އެއްވެސް ހައިސިއްޔަތެއް ނެތް ކޮމިޓީއެއް ކަމަށް ނިންމަންޖެހޭ އެއް ސަބަބުން" އީސަ ވިދާޅުވި އެވެ.

މި ކޮމިޓީގެ މައިގަނޑު ބޭނުމަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ތާއީދުކޮށް އަދި މަސައްކަތްކޮށްދޭ ފަރާތްތަކަށް މި ގޯތިތަަކާއި ފްލެޓްތައް ބަހާލުން ކަމަށް އީސަ ތުހުމަތު ކުރެއްވި އެވެ. 

އީސަ ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކާއި ނިކަމެތި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަކީ ތަހުޒީބު މުޖްތަމައުއެއްގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. 

މި ގޮތަށް އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި މި ބިންތައް އަދި ފްލެޓުތައް ހައްގުވާ ފަރާތަކަށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށް އީސަ ވިދާޅުވި އެވެ. 

އީސަ މިހެން ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީން "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާތީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން ފަސް ކައުންސިލްރުންގެ ކޮމިޓީއެއް، މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ވަނީ އެކުލަވާލައްވާފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް