އާދިއްތަ ދުވަހު ހަވީރު، ގްރޫޕް އޭގެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިފައިންގެ ކްލަބުން ޖެހި ހަ ލަނޑުންވެސް ޖެހީ ދެވަނަ ހާފުގައެވެ.
މި މެޗުގައި ސިފައިންގެ ކުލަބުން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 15 ވަނަ މިނެޓުގައި އިބްރާހީމް މުހައްމަދެވެ. ގެ ދެ މިނެޓު ފަހުން ސިފައިންގެ ކުލަބުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހިޝާމެވެ. ތިންވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޙްމަދު ޝާމިންއެވެ. އޭގެ ފަހުން ސިފައިންގެ ކުލަބުގެ އަޙްމަދު ރަޝީދު ވަނީ އެއް މިނެޓުގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފަހު ލަނޑުވެސް ޖަހައިދިނީ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޝާމިންއެވެ.
ވިލިމާލެ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންވެސް ބަލިވެފައެވެ.