ދިވެހި މަހުޖަނު އަހްމަދު މޫސާ (އުއްޗު)ގެ ކުންފުނި ޗަމްޕާއިން މި ރޯދަމަހުން ބަހަން ކުރިން ނިންމާފައި އޮތީ 50،000 ކާއްޓާއި 50 ޓަނު ކަރަލާއި 10 ޓަނު ފިޔަލެވެ. އެތަކެތި ބެހުމުގެ މަސައްކަތް ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.
ބަހަން ނިންމި ތަކެތީގެ ތެރެއަށް އިތުރު 25 ޓަނު ކަރަލާއި 25 ހާސް ކާއްޓާއި 10 ޓަނު އަލުވި އިތުރުކުރުމަށް އެކުންފުނިން މިހާރު ވަނީ ނިންމާފައެވެ. އަދި މިތަކެތި ކުރިޔަށް އިތް ދެތިން ދުވަހުގެ ތެރޭގައި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ އާއި ހަވާލުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
މާލޭގައި މި ތަކެތި ބަހަން ފެށީ މިދިޔަ ބުދަދުވަހުއެވެ ތަކެތި ބަހަމުން އަންނަނީ ތައިސޭ ކޮށީގައިހުންނަ މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިންނެވެ.